Pages

Monday 17 January 2011

sheikh albaany on the fard of jihad and the sin of leaving it

sheikh albaany on the fard of jihad and the sin of leaving it

by Yamin Ibn Verdad on Sunday, 19 December 2010 at 17:44
 
 
ޝެއިޚް އަލްބާނީ (رحمه الله) އެކަލޭގެފާނު ޢަޤީދަތުއް ތަހަވިއްޔާއަށް ދެއްވާފައިވާ ތަފުސީރު (ޞަފްޙާ 82-83) ގައި ވިދާޅުވެފައިވެއެވެ.
”އަދި ދަންނާށެވެ! ޖިހާދުގެ ދެވައްތަރެއްވެއެވެ.

<span>ފުރަތަމަ ވައްތަރަކީ:</span>

ފަރުޟް ޢައިންއެވެ. އަދި މިވައްތަރަކީ މުސްލިމުންގެ ބިންތަކަށް ޙަމަލާދޭ ދުޝްމަނުންނާއި ހަނގުރާމަކުރުމެވެ. އެގޮތުން ޔަހޫދީންވަނީ ފަލަސްޠީން ހިފާފައެވެ. ވީމާ، އެމީހުން (ޔަހޫދީން) އެބިމުން ނެރެލެވިއްޖެއުމަށް ދާންދެން، ކޮންމެ ވަކިވަކި މުސްލިމަކުވަނީ ފާފަވެރިކަމުގެ ޙާލަތެއްގައެވެ.


<span>އަނެއް ވައްތަރަކީ:</span>

 ފަރުޟް ކިފާޔާއެވެ. (މުސްލިމުންގެ ތެރެއިން) ބައިގަނޑެއް ވާޖިބު އަދާކުރަމުންދާކަމުގައިވަނީ ނަމަ އެހެންމީހުންގެ ކިބައިން އެޒިއްމާ އުފުލިގެން ދެއެވެ. އަދި (މިވައްތަރަކީ) އެހެން ބިންތައް އިސްލާމްދީނުގެ ޙުކުމުގެ ދަށަށް އައުމަށް ދާންދެން އިސްލާމީ ދަޢުވަތު ފޯރުކޮށްދިނުމަށްޓަކައި ކުރެވޭ ޖިހާދެކެވެ. ވީމާ، ކިޔަމަންވެއްޖެ ކޮންމެ މީހަކު ދޫކޮށްލެވޭނެއެވެ. އަދި އެމަގަށް ހުރަސްއަޅައިފި ކޮންމެ މީހަކާ ﷲ ގެ ކަލިމަފުޅު މަތިވެރި ވެއްޖައުމަށްދާންދެން ހަނގުރާމަކުރެވޭނެއެވެ. ވީމާ، ޤިޔާމަތާއި ޖެހެންދެން ފުރަތަމަ ވައްތަރުގެ ޖިހާދަށްވުރެ ގިނައިން ކުރެވެމުންދަނީ މިވައްތަރުގެ ޖިހާދެވެ.
ނަމަވެސް، މިދުވަސްވަރުގެ ބައެއް ލިޔުންތެރިން މިވައްތަރުގެ ޖިހާދަށް އިންކާރުކޮށްފައިވާކަމީ ވަރަށް ހިތާމަވެރިކަމެކެވެ. ހަމައެކަނި އިންކާރުކުރަނީކީ ނޫނެވެ. އެމީހުން ވަނީ މިކަން (އިސްވެ ހަނގުރާމަކުރުމަކީ ދީނުގައި ނެތްކަމެކޭ ބުނެވޭބުނުން) އެއީ އިސްލާމްދީނުގެ އެންމެ މަތިވެރި އަދި އެންމެ ފާޅުކަންބޮޑު ސިފަތަކުގެތެރެއިން ސިފައެއްކަމުގައި ވެސް ހަދާފައެވެ. އަދި ޖިހާދުގެ ފަރުޟް އަދާކުރުމުގައި އެމީހުން ނިކަމެތިވެ އަދި ކަންނެތްވެފައިވާކަމުގެ ގިނަގުނަ ވެގެންވާ ޢަލާމާތްތަކުގެ ތެރެއިން ޢަލާމާތެއްކަމުގައި މެނުވީ އެކަން ނުވެއެވެ. އަދި ރަސޫލު ﷲ صلى الله عليه وسلم މިހެން ޙަދީޘްކުރެއްވި ހިނދު ހަދީޘްކުރައްވަފައިވަނީ ތެދެވެ. (އެކަލޭގެފާނު ޙަދީޘްކުރައްވާފައިވެއެވެ.) ’ކަލޭމެން ޢިނާގެ ވިޔަފާރީގެ (ރިބާގެ ވައްތަރެއް) ތެރެއަށް ވަދެ، ނަޢަމްސޫފީގެ ނިގުލުގައި ހިފާ ދަނޑު ގޮވާންކުރުމުން ފުދިގަނެ، އަދި ޖިހާދުކުރުމުން އެކަހެރިވެއްޖެނަމަ، ދެން ފަހެ، ﷲ ކަލޭމެން، ކަލޭމެންގެ ދީނަށް އެނބުރި ރުޖޫޢަވުމަށް ދާންދެން ނުނަންގަވާނެ ނިކަމެތިކަމެއް ކަލޭމެންގެ މައްޗަށް ފާކުރައްވާނެތެވެ. ‘“ [އަބޫ ދާއޫދު 3462 (ޞަޙީޙް)]
(ޝެއިޙްގެ ބަސް ނިމުނީ)
· · Share

No comments:

Post a Comment